08 May 2008

ބައްޕާ! އަޅުގަނޑަށް 10 ރުފިޔާ ދެއްވަފާނަންތޯ؟

ކ ދުވަހުގެ މަސައްކަތް ނިންމާލުމަށްފަހު ވަރުބަލިކަމާއެކު ބައްޕަ ގެއާއި ދިމާލަށް ހިނގަމުން އައެވެ. އެއިރު ފަސްއަހަރުގެ ފިރިހެން ދަރިފުޅު ބައްޕަ ގެއަށް ދުރުވާނެ ވަގުތެއްގެ އިންތިޒާރުގައި ގޭގެ ދޮރުކަނީގައި ލެނގިލައިގެން ހުއްޓެވެ.

ބައްޕަ އައިސް ގޭ ދޮރާ ހަމަވުމާއެކު ދަރިފުޅު އަހާލިއެވެ. " ބައްޕާ ! އަޅުގަނޑު ސުވާލެއް ކޮށްލަންތޯ "؟

އާނ! ކޮށްލަބަލަ! ބައްޕަ ބުނެލިއެވެ.

" ބައްޕާ! ބައްޕަ އަށް ގަޑިއަކު ކިތައްރުފިޔާ ލިބިލައްވާތޯ "؟
" ތިޔައީ ދަރިފުޅު ބަލަންޖެހޭ ކަމެއް ނޫނެއްނު. ތިއީ ކީއްވެގެން ކުރި ސުވާލެއް" ؟ ބައްޕަ ނުރުހުން ވިއެވެ.

04 May 2008

BELIEVE IT OR NOT


29 April 2008

ވިސްނާ ފިކުރުކުރުން ހުއްޓެވެ

އިންސާނެއްގެ ހަށިގަނޑު ބަލަބަލާ ހުއްޓައި ގަހަކަށް
ބަދަލުވެދާނެކަން
ޤަބޫލުކުރުމަކީ ފަސޭހަކަމެއް ނޫނެވެ. ނަމަވެސް މިއަދު މިކަންވެސް މިވަނީ
ގަބޫލުކުރަން ޖެހިފައެވެ.
އިންޑޮނޭޝިޔާގެ ޖާވާ އަށް އުފަން، ޑޭޑޭ ކޮސްވާރާ ނުވަތަ މިހާރު ގިނަބަޔަކު
ކިޔާގޮތަށްނަމަ "ޖާވާގެ ގަސްމީހާ " އަކީ މީގެ އަހަރުތަކެއް ކުރީއްސުރެ ގަހަކަށް
ބަދަލުވަމުން އަންނަ މީހެކެވެ. އާދަޔާޚިލާފު ވައިރަހެއްގެ ސަބަބުން ޑޭޑޭއަށް
ޖެހުނު މިބަލީގެ ސަބަބުން މިހާރު ޑޭޑޭގެ ދެއަތާއި ދެފައިވަނީ މުޅިން ގަހަކަށް
ބަދަލުވެފައެވެ. އަދި މޫނުމަތިންވެސް މިކަމުގެ އަސަރުތަށް މިހާރުދަނީ
ފާޅުވަމުންނެވެ.

މި އާދަޔާ ޚިލާފު ބަލީގެ ސަބަބުން އުންމީދު ގެއްލި، އެކަނިވެރިކަމާއި
އެކަހެރިކަމުގައި ދިރިއުޅުމުގެ ދުވަސްތައް ގުނަމުންދާ ޑޭޑޭ އަށް މިހާރުވަނީ
ކޮންމެވެސް ވަރެއްގެ އުންމީދެއް ލިބިފައެވެ. ޑޮކްޓަރުން ކުރި ކާމިޔާބު ހަތަރު
އޮޕަރޭޝަނަކަށްފަހު ޑޭޑޭގެ ބަލި ރަނގަޅު ކުރެވިދާނެކަމުގެ ފެހި ސިގްނަލް
ޑޮކްޓަރުން ވަނީ ދީފައެވެ.
އިންޑޮނޭޝިޔާގެ ވެރިރަށް ޖަކާޓާއާއި 001 މޭލު ދުރުގައި އޮންނަ ޓޭންގްޖަންގް
ޖާޔާ ގައި މިހާރު ދިރިއުޅެމުންދާ 73 އަހަރުގެ މި މަސްވެރިޔާގެ ހާލަތު މިހާރު
ވަނީ ދިރިއުޅުމަށް އެއްވެސް މަސައްކަތެއް ނުކުރެވޭވަރަށް ގޯސްވެފައެވެ. ޑޭޑޭ
ބުނާގޮތުންނަމަ އޭނާއަށް އެންމެ ފުރަތަމަ މިބަލި ފާހަގަކުރެވުނީ އޭނާގެ
ފުރާވަރުގެ ދުވަސްވަރު ކަކޫ ހަލާކުވުމަށް ފަހުއެވެ. ފައިގައި ކޮންމެވެސް
ވަރަކަށް މޫލާގޮތް ވެފަހުރިކަން ފާހަގަކުރެވުމަށްވަހު މާގިނަދުވަހެއްނުވެ
މަޑުމަޑުން މުޅި ހަށިގަނޑަށް އެކަން ފެތުރެމުން ދާންފެށީކަމަށް ޑޭޑޭ ބުނެއެވެ.
މިހާރު ދެއަތާއި ދެފައި މޫލައި، ގަހަކަށް ބަދަލުވެފައި ވުމުގެ ސަބަބުން
ހިނގާބިނގާވެ އުޅޭން ދަތިވެފައިވާ ޑޭޑޭބުނީ އޭނާ މި ބަލީގައި ފުރަތަމަ
ހޮސްޕިޓަލަށް ގެންދެވުނީ 3991 ވަނަ އަހަރު ކަމުގައެވެ. ނަމަވެސް އެފަހަރު
ޑޮކްޓަރުން، އެބައްޔަށް ފަރުވާއެއް ނެތްކަމަށްބުނެ އޭނާ ދޫކޮށްލިއެވެ.
ޑޭޑޭއަށް ޖެހިފައިވާ އާދަޔާޚިލާފު ބައްޔާއި އޭނާއަށް ވަމުންދިޔަ އާދަޔާޚިލާފު
ގޮތްތަކުގެ ސަބަބުންނާއި އަދި ޑޮކްޓަރުން އޭނާގެ ބައްޔަށް ފަރުވާއެއް ލިބިދާނެ
ކަމާމެދު އުންމީދު ކަނޑާލުން ވެގެންދިޔައީ، ޑޭޑޭއަށް ލިބުނު ވަރަށްބޮޑު
ހިތްދަތި ކަމެއް ކަމުގައެވެ. އަދި އާމްދަނީ ހޯދުމަށް މަސައްކަތެއް
ކުރެވޭނެގޮތެއް ނެތުމާއި އަނބިދަރިންނަށް އަޅާލެވޭނެ ގޮތެއްވެސް ނެތުމުގެ
ސަބަބުން އޭނާގެ ދެއަހަރުހެ ދަރިފުޅާއި ދިހަ އަހަރުވަންދެން އެކުގައި އެޅުނު
އަނބިމީހާ ވަނީ ޑޭޑޭ ދޫކޮށް ގޮސްފައެވެ.
މި ހިތްދަތި ދިރިއުޅުމުގައި އުޅެމުންދާތާ ދުވަސްތަކެއް ވީފަހުން ޑޭޑޭގެ
ޚަބަރުތައް މީޑީޔާއަށް އަރަން ފަށިއެވެ. ޑޭޑޭ އާއި މެދު މީހުންގެ ސަމާލުކަން
އިތުރުވެގެން ދިޔައީ 7002 ވަނަ އަހަރުގެ ފަހުކޮޅު އެމެރިކާގެ ޓީވީ ޗެނަލަކުން
ދެއްކި ޑޮކިއުމެންޓްރީ އަކާ ގުޅިގެންނެވެ. މި ޑޮކިއުމެންޓްރީއަކީ އެމެރިކާގެ
ޑޮކްޓަރަކު ޑޭޑޭއަށްކުރި ޒިޔާރަތެއްގައި ނަގާފައިވާ ވީޑިޔޯތަކެއްގެ މައްޗަށް
ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓްރީ އެކެވެ. ޑޭޑޭއަށް ޖެހިފައިވަނީ ކޮން
ބައްޔެއްކަން ފުރަތަމަ ފަހަރަށް ދެނެގަތީ އެމެރިކާގެ މިޑޮކްޓަރ އެންޓަނީ
ގެސްޕާރީ އެވެ. އޭނާގެ ހޯދުންތަކުން އެނގުނުގޮތުގައި ޑޭޑޭއަށް ޖެހިފައިވާ
ބައްޔަކީ އާންމުކޮށް އިންސާނުންނަށް ޖެހޭ އިންފެކްޝަނަކުން ޖެހޭ
ބައްޔެއްކަމުގައިވާ ހިއުމަން ޕެޕިލޯމާ ވައިރަސް (އެޗް ޕީ ވީ ) އެވެ. ޑޮކްޓަރ
ގެސްޕާރީ ބުނާގޮތުގައި ޑޭޑޭއަށް މި ވައިރަހުގެ ސަބަބުން މިހެން މި ދިމާވީ
އޭނާގެ ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ބާރު ދެރަކަމުންނެވެ.
ޑޮކްޓަރ ގެސްޕާރީގެ އިރުޝާދުގެމަތިން، ޑޮކްޓަރުންގެ ޓީމަކުން ކުރި ކާމިޔާބު
ހަތަރު އޮޕަރޭޝަނަށްފަހު ޑޭޑޭ މިހާރު ހުރީ އުފަލުންނެވެ. 01 އަހަރަށްފަހު
ފުރަތަމަ ފަހަރަށް އޭނާއަށް އޭނާގެ ފައިގެ އިނގިލިތައް ފެނުމުގެ ނަސީބު ލިބުނީ
އޮޕަރޭޝަން ކޮށްގެން ފައިގައި ފަޅާފައިވާ މޫތައް ނެގުމުންނެވެ.
ޑޮކްޓަރުންގެ ޓީމުން ބުނާގޮތުގައި ކުރިޔަށްއޮތް ތިންމަސްދުވަހުގެތެރޭ ޑޭޑޭގެ
އޮޕަރޭޝަންގެ އެންމެ ފަހުގެ މަރުހަލާތައް ނިންމާނެއެވެ. ޑޭޑޭ ބުނީ
އޮޕަރޭޝަނަށްފަހު އޭނާ އެންމެ ފުރަތަމަ ކުރާނެކަމަކީ ވަޒީފާއެއް ހޯދުމަށްފަހު
އިންނާނެ އަންހެން ކުއްޖަކު ހޯދުމެވ
ެ.

28 April 2008

ތެލުގެ އަގު މައްޗަށް ދިއުން

އެއްދުވަހަކު އެކުވެރިއަކު ބުންޏެވެ. އަހަރެންގެ މަންމައަކީ ބިލަތް ވިއްކާމީހަކެވެ. އަހަރެން ރަށުން ފުރިއިރު މަންމަ ބިލަތް ބޮނޑިއެއް ވިއްކަމުން ދިޔައީ ދިހަ ރުފިޔާ އަށެވެ. ނަމަވެސް އޭގެ 1 އަހަރު ފަހުން އަހަރެން ރަށަށް ދިޔައިރު މަންމަ ބިލަތް ބޮނޑިއެއް ވިއްކަނީ ވިހި ރުފިޔާއަށެވެ. ދެން ތިމަންނަ މަންމަ ގާތު އަހާލީމެވެ. މަންމާއެވެ. މިވީ ކިހިނެއް ހެއްޔެވެ. މަންމަ ޖަވާބުގައި ބުންޏެވެ. ދަރިފުޅާއެވެ. މީ ހައްތާވެސް ތެލުގެ އަގު މައްޗަށް ދިޔައީމަ ވާހާ ގޮތްތަކެވެ


އަމާ ބުނީތީ ފަރަށް ދިއުން

( ރުޅިން ) އަމާ ބުނީތީ ފަރަށްދާހެން
( މަޖަލަށް ) އަމާ ބުނީތީ ފަރަށްދާހެން
( ދެރަވެފަ ) އަމާ ބުނީތީ ފަރަށްދާހެން

މީހަކު ކަމެއް ކުރި ގޮތެއްގެ ސަބަބުން ތިން މީހުނަށް ދިމާވީ ތިންގޮތެވެ. އެކަކު އައީ ރުޅިއެވެ. އަނެކަކަށް އެކަންވީ މަޖަލަކަށެވެ. އަނެކަކަށް އެކަމުން ލިބުނީ ހިތާމައެވެ. ނަމަވެސް ތިން މީހުން ވެސް އޭނައާ ދިމާލަށް ބުނީ އެކަން ތިކުރީ އަމާ ބުނީތީ ފަރަށް ދާހެންނެވެ. ކަން ކުރިމީހާ މިތިން ހާލަތަގައި ކުރެވުނު އިޙްސާސް ތަފާތު ވާނެބާ؟


25 April 2008

ABOUT MY MOBILE PHONE


Dimensions 111 x 51.5 x 14.5 mm
Weight 121 g

Type TFT touchscreen, 256K colors
Size 240 x 320 pixels, 2.4 inches
Phonebook Advanced, Photo call
Call records 50 dialed, 50 received, 50 missed calls

Standard battery, Li-Ion 1000 mAh
Stand-by Up to 235 h
Talk time Up to 7 h

- Java MIDP 2.0
- FM radio
- Document viewer (MS Word, Excel, PPT, PDF)
- MPEG4/MP3 player
- Business card scanning
- Calculator
- Organizer

18 April 2008

How crazy are these hearts of ours!


The bond of the heart is so very precious...

How crazy are these hearts of ours!

We're utterly devoted to each another...

This whole world knows it.

Kissing my lashes, my love...

You gave new sparkle to my beauty.

In lonely silences, darling...

I have always called for you...

I look at you wherever you are...

and what a wondrous sight my eyes behold...

Having separated from you, my darling...

I spent each and every moment weeping...

You haven't come yet, nor will you

Now I can only rely on memories...

Who will want my heart now?

It's a shooting star that has plummeted to earth...

How crazy are these hearts of ours!

The bond of the heart is so very precious...