08 May 2008

ބައްޕާ! އަޅުގަނޑަށް 10 ރުފިޔާ ދެއްވަފާނަންތޯ؟

ކ ދުވަހުގެ މަސައްކަތް ނިންމާލުމަށްފަހު ވަރުބަލިކަމާއެކު ބައްޕަ ގެއާއި ދިމާލަށް ހިނގަމުން އައެވެ. އެއިރު ފަސްއަހަރުގެ ފިރިހެން ދަރިފުޅު ބައްޕަ ގެއަށް ދުރުވާނެ ވަގުތެއްގެ އިންތިޒާރުގައި ގޭގެ ދޮރުކަނީގައި ލެނގިލައިގެން ހުއްޓެވެ.

ބައްޕަ އައިސް ގޭ ދޮރާ ހަމަވުމާއެކު ދަރިފުޅު އަހާލިއެވެ. " ބައްޕާ ! އަޅުގަނޑު ސުވާލެއް ކޮށްލަންތޯ "؟

އާނ! ކޮށްލަބަލަ! ބައްޕަ ބުނެލިއެވެ.

" ބައްޕާ! ބައްޕަ އަށް ގަޑިއަކު ކިތައްރުފިޔާ ލިބިލައްވާތޯ "؟
" ތިޔައީ ދަރިފުޅު ބަލަންޖެހޭ ކަމެއް ނޫނެއްނު. ތިއީ ކީއްވެގެން ކުރި ސުވާލެއް" ؟ ބައްޕަ ނުރުހުން ވިއެވެ.